އަމާޒަކީ މަސްވެރިކަން ފުޅާކޮށް، މަސްވެރި އައިލާތަކަށް ލިބޭ އާމްދަނީ އިތުރު ކުރުން: މުއިއްޒު

ދަޕްރެސް

10 ޑިސެމްބަރު 2025 | ބުދަ | 9:20

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރު ކުރުން ކަމަށް ރައީސުލޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ވަނީ ލާމެހިފައި ކަމަށެވެ. އެ ދުވަހުއްސުރެ މިއަދާ ހަމައަށް ވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑު ރޯދި ކަމަށް ރައިސް ވިދާޅުވިއެވެ. ދިވެހީންގެ މުރާލި ކަމާއި ހުނަރާއި ދިވެހި އާދަކާދަ އާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަހުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރު ކުރުން ކަން ރައީސް ފާހަގަކުރެއްވިއެވެ. ގައުމުގެ އިގްތިސޯދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުމާއި މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް