16 އަހަރު ނުވާނަމަ ސޯޝަލްމީޑިއާ ބޭނުން ނުކުރެވޭ ނިންމުމަށް އޮސްޓްރޭލިއާގައި އަމަލު ކުރަން ފަށައިފި
ދަޕްރެސް
10 ޑިސެމްބަރު 2025 | ބުދަ | 10:31
އުމުރުން 16 އަހަރު ނުވާނަމަ ސޯޝަލްމީޑިއާ ބޭނުން ކުރުން މަނާ ކުރި ފުރަތަމަ ގައުމުގެ ގޮތުގައި އޮސްޓްރޭލިއާއިން އާ ގާނޫނަށް މިއަދު އަމަލު ކުރަން ފަށައިފިއެވެ.
ރިސާޗް ހަދާ ފަރާތްތައް ކަމަށް ވާ ރޯއީ މޯގަން އާއި އީސޭފްޓީ ކޮމިޝަނާ ބުނާގޮތުން، އޮސްޓްރޭލިއާގައި ސޯޝަލްމީޑިއާ ބޭނުން ކުރާ 16 އަހަރުން ދަށުގެ 624،000 ކުދިން އުޅެއެވެ. އެވްރެޖް އުމުރުފުރައަކީ 13 އަހަރާއި 16 އަހަރާ ދެމެދެވެ.
ގައުމުގެ މުސްތަގުބަލު ކަމުގައިވާ ޅަކުދިންނާއި ޒުވާނުންގެ އަހުލާގަށް ބޮޑެތި ބަދަލުތަކެއް ގެނުވައި ސޯޝަލްމީޑިއާ މަނާކުރުމުގެ ސަބަބުން ކުރިމަތިވާ ފާޑިކިޔުމަށް ވުރެ އޮސްޓްރޭލިއާ އަށް މުހިންމީ ގައުމުގެ ޅަދަރިން ސަލާމަތް ކުރުން ކަމަށް ވިދާޅުވެ އެގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބެނީސް ވަނީ 'މިއީ ފަހުރުވެރިވާ ވަގުތެއް' ކަމަށް ވިދާޅުވެފައެވެ.