މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެ: ޝިޔާމް
ދަޕްރެސް
10 ޑިސެމްބަރު 2025 | ބުދަ | 1:21
މަސްވެރިކަމުގެ ސިނާއަތުގައި ހުރި ޒަމާންވީ ގޮންޖެހުންތަކަށް މި ސަރުކާރުން ހައްލު ހޯދަދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ މަސްވެރިންގެ ގުންޒަރު ފެށުމަށް ރ. ދުވާފަރުގައި މިއަދު ބޭއްވި ރަސްމިއްޔާރުގައި ވާހަކަ ދައްކަވަމުންނެވެ.
މަސްވެރިންގެ ގުންޒަރުގެ މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ މި ސިނާއަތުގައި ހުރިދަތިތައް ހައްލުކުރާނެ ގޮތްތަކާއި ސިނާއަތު ތަރައްގީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރުންކަން މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވިއެވެ.