މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި ހައްޔަރުކުރި މީހުން ބުނީ އެއީ ޕްރޮޓީންއެއް ކަމަށް!
ދަޕްރެސް
10 ޑިސެމްބަރު 2025 | ބުދަ | 1:36
މަސްތުވާތަކެތި ބޭނުންކޮށް, ގެންގުޅުމުގެ ކުށުގައި ރާއްޖޭން ހައްޔަރު ކުރި އިންޑިއާ ހަތަރު މީހުން, އެ މީހުންގެ އަތުން ފެނުނު ތަކެއްޗަކީ ޕްރޮޓީންއެއް ކަމަށް ބުނެފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. ފުލުހުން ހައްޔަރުކޮށްފައި ވަނީ 53 އަހަރުގެ މީހަކާ، 35 އަހަރުގެ މީހަކާ، 33 އަހަރުގެ މީހަކާ، 28 އަހަރުގެ މީހެކެވެ.
އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ އެ މީހުންގެ އަތުން ފެނުނު ތަކެއްޗަކީ މަސްތުވާތަކެތި އެކުލެވޭކަމަށް ތުހުމަތު ކުރެވޭ ތަކެތި ކަމަށެވެ. އެކަން އިތުރަށް ޔަގީން ވާނީ ތަހުލީލު ރިޕޯޓް ލިބުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިތުރަށް ފުލުހުން ބުނީ ތަހުލީލު ރިޕޯޓުގެ ވަގުތީ ނަތީޖާ ތިން ދުވަސް ތެރޭގައި ލިބޭނެ ކަމަށެވެ.