ކަނޑުމަގުން ގެނައި މުދާ ޝިޕްމަންޓެއްގައި ފޮރުވާފައި ހުރި 10،800 ވޭޕް ކާޓްރިޖް އަތުލައިގެންފި

ދަޕްރެސް

10 ޑިސެމްބަރު 2025 | ބުދަ | 1:56

ކަނޑު މަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގައި ފޮރުވާފައި ހުރި 10،000 އަށް ވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެ ފާހަގަކުރެވިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ ގޮތުން މި މަހުގެ 4 ވަނަ ދުވަހު ހިނގްގި މި އޕަރޭޝަންގައި މުދާ ޝިޕްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށް ކަސްޓަމްސްިއން ބުނެއެވެ.

އެގޮތުން އެ ޝިޕްމަންޓްގެ ތެރޭގައި ފޮރުވާހުރި ވޭޕް ކާޓްރީްތަކެއް ފެނިފައިވާ ކަމަށާއި ފެނުނު ކާޓްރީޖްގެ ޖުމްލަ އަދަދި 10،800 އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މިހާރު އެ ތަކެތި ހުރީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައެވެ.

މައުޟޫޢުތަށް