ޖުވާ ކުޅުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅުމުގެ މަސައްކަތް ފަށައިފި
ދަޕްރެސް
10 ޑިސެމްބަރު 2025 | ބުދަ | 4:03
ޖުވާ ކުޅުމާއި އެ ކުޅިވަރު ކުޅުމަށް ހިންގުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ވާން ޖެހޭ ތައްޔާރީތައް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެކަމިނުފާނު ހިއްސާ ކުރައްވާފައި ނުވެއެވެ. ރައީސް މިފަދައިން ނިންމަވާފައިވާއިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މީގެ ކުރިން ވެސް އެފަދަ ސައިޓްތައް ބްލޮކްކޮށްފައި ވެއެވެ.