ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީބު އައްޔަންކޮށްފި

ދަޕްރެސް

10 ޑިސެމްބަރު 2025 | ބުދަ | 4:36

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަކީބު އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)ން މިއަދު ވަނީ ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ޝަކީބު އައްޔަން ކޮށްފައިވާކަމަށް ހާމަކޮށްފައެވެ.

މި މަގާމަށް ޝަކީބު އައްޔަންކޮށްފައިވަނީ މިދިޔަ ނޮވެމްބަރު 29 ގައި ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ނަސްރީން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މައުޟޫޢުތަށް