ހުޅުމާލޭގައި ތަރައްގީކުރާ ފެސިލިޓީއާއެކު ބޮޑު ކަންނެލި މަސްވެރިކަމަށް ދިމާވެފައިވާ ދަތިތައް ހައްލުވާނެ: ޝިޔާމް

ދަޕްރެސް

10 ޑިސެމްބަރު 2025 | ބުދަ | 4:51

އަންނަ ޖެނުއަރީ މަހު ހުޅުމާލޭގައި ގާއިމްކުރާ ބޮޑު ކަންނެލީގެ ފެސިލިޓީއާއެކު މަސްވެރިންގެ ޝަކުވާތައް ހައްލުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ބޮޑުކަންނެލި މަސްވެރިންނަށްވީ ވައުދުތައް ފުއްދުމުގައި އަދިވެސް އެއްވެސް ނަތީޖާއެއް ނުފެންނަކަމަށް ބުނެ، މިއަދު ހެނދުނުން ފެށިގެން މަސްވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ. ފުރަތަމަ އިހުތިޖާޖު ފެށީ ކަނޑުމަތީ ނަމަވެސް ސަރުކާރުގެ އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ބުނެ އެމީހުން މިހާރު އިހުތިޖާޖު ކުރަމުންދަނީ މާލެ ބޭރުގައެވެ.

ރަސްމީ ފާލަން ދޮށަށް ބޮޑުކަންނެލި މަސްވެރިންގެ އޮޑިދޯނިފަހަރުތައް ކުރަމުންދާ މި އިހުތިޖާޖާ ގުޅިގެން މިނިސްޓަރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑުކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި މަހަށް ފައިސާ ނުލިބި ދިގުލައިގެންދާތީ އާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާތީ ކަމަށެވެ.

މައުޟޫޢުތަށް