ވެނެޒުއޭލާގެ އައްސޭރިފަށާ ކައިރިން އެމެރިކާ ސިފައިން ތެޔޮބޯޓަކަށް އަރާ އެ ބޯޓު ހިފައިފި

ދަޕްރެސް

11 ޑިސެމްބަރު 2025 | ބުރާސްފަތި | 10:59

ވެނެޒުއޭލާގެ މަގުން އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ ނަމުގައި އެމެރިކާއިން ހިންގާ އޮޕަރޭޝަނުގައި މާސިންގާ ތެޔޮ ބޯޓަކަށް އަރާ އެ ބޯޓު ހިފައިފިއެވެ.

މި އޮޕަރޭޝަނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕް ވިދާޅުވީ، ވެނެޒުއޭލާގެ އައްސޭރިފަށާ ކައިރިން މާސިންގާ ތެޔޮބޯޓެއް ހިފައިފި ކަމަށާއި، އެއީ މިހާތަނަށް އަތުލައިގަނެވުނު އެންމެ ބޮޑު ބޯޓު ކަމަށެވެ. އަދި ކުރިއަށް އިތުރު އޮޕަރޭޝަންތައް ހުރި ކަމަށް ވިދާޅުވަމުން އޭނާ ވަނީ ބޯޓުގައި ހުރިނަމަ ހުރި ތެލެއް އެމެރިކާއިން ނަގާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅިގެން، މިއީ ސީދާ ކަނޑުފޭރުމުގެ އަމަލެއް ކަމަށާއި ވެނެޒުއޭލާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ވެނެޒުއޭލާއިން ވަނީ ބުނެފައެވެ. އަދި ކޮންމފަދަ އަގެއް ދައްކައިގެންވެސް ގައުމުގެ އިސްތިގުލާލައި މިނިވަންކަން ހިމާޔަތް ކުރާނެ ކަމަށް އެގައުމުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

މައުޟޫޢުތަށް