މާރާމާރީ ހިންގި ޓީޗަރަށް ގަނާކުރާ އެތައް ވީޑިއޯއެއް، އައްޑޫ ހައި ސްކޫލަށް ގިނަ ބައެއްގެ ނުރުހުން!

ދަޕްރެސް

11 ޑިސެމްބަރު 2025 | ބުރާސްފަތި | 12:16

އައްޑޫ ހައި ސްކޫލުގެ ދަރިވަރަކާއި، ޓީޗަރެއްގެ ދެމެދުގައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ސޯޝަލް މީޑިއާއަށް ތިލަވެގެން ދިޔަ އިރު، އެ މައްސަލައާ ގުޅިގެން ވަނީ އެ ޓީޗަރު ސަސްޕެންޑް ކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ބުނެފައިވާ އިރު މިއަދު މި ވަނީ އެ ކްލާސް ރޫމް ތެރޭގައި އެ ޓީޗަރާއި ދަރިވަރުންތަކަކާ ދެމެދު މާރާމާރީ ހިންގާފައިވާ އިތުރު ވީޑިއޯތަކެއް ވެސް ލީކް ކޮށްލާފައެވެ.

އައްޑޫ ހައި ސްކޫލްގެ ގްރޭޑް 12 ގެ ބީޓެކް ކްލާހެއްގައި ހިނގާފައިވާ މި މާރާމާޜީގެ ވީޑިއޯތަކަށް ބަލާ އިރު، އެ ކްލާހުގެ ކުދިންތަކެއް ޓީޗަރަށް ގަނާ ކުރާ މަންޒަރު ފެނެއެވެ. އެއް ވީޑިއޯއެއްގައި އެ ޓީޗަރުގެ ޖީބަށް ވެސް އަތްލާ މަންޒަރު ފެނެއެވެ. އެއާއެކު އެ ޓީޗަރު އެ ކުއްޖާގެ އަތް ފޮޅާލައެވެ. ފަހަތުން ޓީޗަރުގެ ބޮލުގައި އަތް އަޅާ ކޮއްޕާ ނޫނީ އެ ޓީޗަރުގެ މޫނުމަތީގައި ޖަހާ ތަން ވެސް ފެނެއެވެ.

މި ވީޑިއޯތައް ވައިރަލް ވަމުން އަންނަ އިރު ސޯޝަލް މީޑިއާގައި މި ކަމާމެދު އާންމުންގެ ހިޔާލުތައް އަންނަނީ ބަންޑުން ކުރަމުންނެވެ. އެ ގޮތުން މި މައްސަލައިގައި ކުށްވެރި ވަނީ ހަމައެކަނި އެ މުދައްރިސް ނޫން ކަމަށާއި އެ ސްކޫލްގެ މުޅި މެނޭޖްމަންޓް މި ވަނީ ފެއިލް ވެފައި ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މައުޟޫޢުތަށް