މަސްދޯނިތަކަށް އެރީ މަސްވެރިންގެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވާތީ: ފުލުހުން
ދަޕްރެސް
11 ޑިސެމްބަރު 2025 | ބުރާސްފަތި | 1:29
ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން ދޯނިތަަށް ފުލުހުން އަރާފައިވަނީ ބިދޭސީން ހަރަކާތްތެރިވަމުންދާ މަސްދޯނިތަކަށް ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭގެ ފަޅުގެ ބޭރުގައި ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖު ކުރަންފަށާފައި ވަނީ އިއްޔެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.