ސިނގިރޭޓު ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރި އާއްޓޭ އާއި ދިގަލި ދޫކޮށްލައިފި
ދަޕްރެސް
11 ޑިސެމްބަރު 2025 | ބުރާސްފަތި | 3:50
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި ދެ ވިޔަފާރިން ކަމުގައިވާ މުހައްމަދު ވަހީދު (ދިގަލި) އަދި އަހުމަދު އާރިފް (އާއްޓޭ) މިއަދު ބަންދުން ދޫކޮށްލައިފިއެވެ.
މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގައި ޖުމްލަ 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިންނާއި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން ކަސްޓަމްސް މުވައްޒަފުން ވެސް ހިމެނެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި 9 މީހުންނަކީ: