ޖަލުން ލިބޭ ސްކޭމް ކޯލްތައް ރިޕޯޓު ކުރަން ހާއްސަ ޕޯޓަލްއެއް

ދަޕްރެސް

11 ޑިސެމްބަރު 2025 | ބުރާސްފަތި | 6:19

ޖަލުތަކުގައި ތިބޭ ގައިދީން ކުރާ ސްކޭމް ކޯލްތައް ރިޕޯޓުކުރުމަށް ޕޯޓަލްއެއް ހަދައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޖަލުގައި ތިބޭ ގައިދީން އެކިފަރާތަތްކަށް ގުޅައި ގާނޫނާ ގަވާއިދާ ހިލާފު އަމަލުތައް ހިންގަމުން ދާކަން ފާހަގަ ކުރެވިފައި ވާކަމަށެވެ.

އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މި ފަދަ ކޯލްތައް ރިޕޯޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ޖަލުތަކުން ކުރާ ކޯލެއް ކަމަށް ޝައްކު ކުރެވޭނަމަ, މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕޯޓަލް މެދުވެރިކޮށް ރިޕޯޓް ކުރުމަށް އެދިފައި ވެއެވެ.

މައުޟޫޢުތަށް