ބިހޭވިއާ ޕްރޮގްރާމެއްގައި ބައިވެރިކޮށް، މާފަށް އެދެންދެން ދަރިވަރުވެސް ސަސްޕެންޑުކޮށްފި

ދަޕްރެސް

11 ޑިސެމްބަރު 2025 | ބުރާސްފަތި | 9:23

އައްޑޫ ހައި ސްކޫލުގެ ދަރިވަރަކާއި، ޓީޗަރެއްގެ ދެމެދުގައި ހިނގި މާރާމާރީ އާއި ގުޅިގެން ދަރިވަރުވެސް ސަސްޕެންޑުކޮށްފިއެވެ.

އައްޑޫ ހައި ސްކޫލުގެ ދަރިވަރަކާއި، ޓީޗަރެއްގެ ދެމެދުގައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ސޯޝަލް މީޑިއާއަށް ތިލަވެގެން ދިޔަ އިރު، އެ މައްސަލައާ ގުޅިގެން ވަނީ އެ ޓީޗަރު ސަސްޕެންޑް ކޮށްފައެވެ.

އެ ސްކޫލްގެ ގްރޭޑް 12 ގެ ބީޓެކް ކްލާހެއްގައި ހިނގާފައިވާ މި މާރާމާރީއާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ މައްސަލައާއި ގުޅިގެން ދަރިވަރު ސަސްޕެންޑްކޮށްފައިވަނީ ބިހޭވިއާ މޮޑިފިކޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރާ ގޮތަށް ކަމަށެވެ. އަމިއްލައަށް މާފަށް އެދި އަހުލާގީ ޕްރޮގްރާމެއްގައި ބައިވެރިވާ ގޮތަށް ސަސްޕެންޑް ކުރިއިރު އެ ޕްރޮގްރާމަކީ ދަރިވަރު ފުރިހަމަ ކުރަން މަޖުބޫރު ޕްރޮގްރާމެއް ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

މައުޟޫޢުތަށް