ދިފާއީ ވަކީލުންގެ އަގުވެއްޓޭ ގޮތަށް ތުހުމަތު ނުކުރުމަށް ބާ ކައުންސިލުން އިލްތިމާސްކޮށްފި

ދަޕްރެސް

12 ޑިސެމްބަރު 2025 | ހުކުރު | 9:38

ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް އެއްވެސް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

އެ ކައުންސިލުން މިހެން ބުނެފައި ވަނީ ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ހެކިންނަށް ބިރުދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓެއްގައި ބުނުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ބާ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ކްރިމިނަލް ކޯޓުގެ ޝަރީއަތެއް ނިންމި ގޮތުގެ ރިޕޯޓެއްގައިވާ އެ އިބާރާތަކީ ހެއްކެއްގެ މައްޗަށް ގާނޫނީ ވަކީލެއްގެ ފުށުން ހިނގާފައިވާ ވަކި އަމަލެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި، ޖިނާއީ އަދުލުގެ ނިޒާމުގައި ދިފާއީ ވަކީލުންގެ ގޮތުގައި ބުރަކޮށް މަސައްކަތްކުރާ މަދު ގާނޫނީ ވަކީލުންނަށް އަމާޒުވެގެން ދިޔަ ކަމެއް ކަމަށެވެ.

މައުޟޫޢުތަށް