ކޯޑިން ދާއިރާގެ ޒުވާނުންނަށް ހާއްސަކޮށް ބާއްވާ ޔޫތު ހެކަތޯން ފަށައިފި

ދަޕްރެސް

12 ޑިސެމްބަރު 2025 | ހުކުރު | 9:41

ކޯޑިން ދާއިރާއަށް ޝައުުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ ޔޫތު ހެކަތޯން 2025 ފަށައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ، މި ހަރަކާތުގައި ޖުމްލަ 85 ޒުވާނުން މި އަހަރު ބައިވެރިވެފައިވާ ކަމަށާއި މި ހަރަކާތަކީ 3 ދުވަހަށް ދެމިގެންދާ ހަރަކާތެއް ކަމަށެވެ. ޖުމްލަ 48 ގަޑިއިރަށް މެދުނުކެނޑި ކުރިއަށްގެންދާ މި ހަރަކާތުގައި ޓީމްތަކުން ތަފާތު 4 ޓީމެޓިކް އޭރިއާއަކަށް ޕިޗް ނުވަތަ ހުށައެޅުންތައް ހުށަހަޅާނެއެވެ.

މިއަހަރުގެ ޔޫތު ހެކަތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ، މި އަހަރުގެ ހެކަތޯންގައި ގިނަ ޓީމުތަކެއް ބައިވެރިވެފައިވުމުން ފެނިގެން ދަނީ ޒުވާނުން މިކަމަށް ހުރި ޝައުގުވެރިކަން ކަމަށެވެ.

މައުޟޫޢުތަށް