މަސްވެރިންގެ މުޒާހަރާ: މެންބަރު މައުރޫފް 5 ދުވަހަށް ބަންދުކޮށްފި
ދަޕްރެސް
12 ޑިސެމްބަރު 2025 | ހުކުރު | 8:24
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންގެ ފަރާތުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު، މައުރޫފު ޒާކިރު (މަޓޭ)ގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހަިއފިއެވެ.
މިދިޔަ ބުދަ ދުވަހު ފެށި މި މުޒާހަރާއަކީ މަސްވެރިންގެ ދުވަހާއި ގުޅިގެން "ދެން ނުވަނެ، ދެން ނުފުރޭނެ". ނަމުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުޒާހަރާއެކެވެ. އެ މުޒާހަރާ ރުޅާލައި މަޓޭ އާއި އިތުރު ކެޔޮޅުންތަކެއް ހައްޔަރުކުރިއިރު ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދުގެ މުއްދަތު ޖަހާފައެވެ.
އެގޮތުން ކަނޑުދަތުރުކުރުމަށް ހުރަސްއެޅުމާއި ކޯސްޓް ގާޑަށް ގެއްލުން ދިނުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތާއެކު އޭނާ ފަސް ދުވަހަށް ވަނީ ބަންދުކޮށްފައެވެ.