މާކުރަތުގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފި
ދަޕްރެސް
12 ޑިސެމްބަރު 2025 | ހުކުރު | 8:47
ރ. މާކުރަތުގައި އިމާރާތް ކުރި ފުލުހުންގެ މަރުކަޒު މިއަދު ހުޅުވައިފިއެވެ.
މި މަރުކަޒު ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާންއާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ. މި މަޝްރޫއުގެ ބިންގާ އަޅާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަސްތެރޭގައި ކަމަށްވާއިރު ބިންގާ އަޅުއްވާދެއްވާފައިވަނީ ވެސް ހޯމް މިނިސްޓަރެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝަރޫއުގެ ދަށުން ފުރާޅު އެޅުމުގެ މަސައްކަތާއި ބައުންޑްރީ ވޯލް ރޭނުމުގެ އިތުރުން ކޮންކްރީޓް އަޅާ ތަނބު ޖަހައި ރޭނުމުުގެ މަސައްކަތްވެސް ހިމެނެއެވެ.