ދުވާފަރުގައި ޖުމުލަ 16.65 ކިލޯމީޓަރު އެކުލެވޭ 75 މަގު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ދަޕްރެސް

13 ޑިސެމްބަރު 2025 | ހޮނިހިރު | 3:15

ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ޖުމުލަ 16.65 ކިލޯމީޓަރު އެކުލެވޭ 75 މަގު ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއ،ި ސާވިސް ލައިން އެޅުމާއި އަދި ގުދުރަތީ ގޮތުން ފެން ހިނދޭ ނިޒާމެއް ހަރުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށެވެ. މީގެއިތުރުން ޕޭވްމަންޓެއް ހެދުމާއ،ި ދުއްވާ ސަރަހައްދެއް ގާއިމު ކުރުން އަދި މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއަކީ 312.66 މިލިއަން ރުފިޔާއަށް 810 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.

މައުޟޫޢުތަށް