މަސްވެރިކަމުގެ ސިނާއަތް ކުރިއެރުމަށް އެންމެ މުހިންމީ ދާއިރާގެ މީހުންގެ ހިޔާލާއި މަޝްވަރާ: ރައީސް
ދަޕްރެސް
13 ޑިސެމްބަރު 2025 | ހޮނިހިރު | 7:12
މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމީ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިޔާލާ މަޝްވަރާކަމަށާއި އެ ފަރާތްތަކުން ފާޅުކުރާ އެއްވެސް ހިޔާލަކާއި ދޭ މަޝްވަރާއަކީ ބޭކާރުވެގެންދާނެ އެއްޗެއް ނޫންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރ. ދުވާފަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު މެންދުރު މަސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްވެރިކަމުގެ ސިނާއަތުގައި އެކި ގޮތްގޮތުން ޝާމިލުވާ ގިނަ އަދަދެއްގެ މީހުން ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ، ދާއިރާގެ ކަންކަމާ ބެހޭގޮތުން ހިޔާލާއި މަޝްވަރާދީފައެވެ. އަދި ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ވެސް ރައީސްއާ ހިއްސާކުރިއެވެ.