ބީއެމްއެލް އިން މަސްވެރިންނަށް ހާއްސަ "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި

ދަޕްރެސް

13 ޑިސެމްބަރު 2025 | ހޮނިހިރު | 10:08

ބީއެމްއެލްގެ ފައިނޭންސިން ފެސިލިޓީތަކަށް މަސްވެރިންނަށް ފަސޭހައިން އެދެވޭނެ 'މަސްވެރިޔާ' ޕޯޓަލް އިފްތިތާހުކޮށްފިއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ރ. ދުވާފަރުގައި ކުރިއަށްދާ ރަސްމިއްޔާތުގައި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް މިިނިސްޓަރު މުހައްމަދު އަމީންއެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ މަސްވެރިން ބޭނުންވާ ބީއެމްއެލްގެ އިސްލާމީ ފައިނޭންސިން ހިދުމަތްތަކަށް އެދި ހުށަހެޅޭނެއެވެ. އެގޮތުން ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމާއި މަރާމާތުކުރުމަށް ބޭނުންވާ ފައިނޭންސަށް ހުށަހެޅޭނެއެވެ. މީގެ އިތުރުން މަތީ ތައުލީމު ހާސިލުކުރުމާ، ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމުގެ އިތުރުން އުޅަނދު ބަނުމާއި މަރާމާތު ކުރުމަށް ބޭނުންވާ ފައިނޭންސަށް ހުށަހަޅޭނެއެވެ. އަދި ލުއި ފައިނޭންސިންގެ ދަށުން މަސްވެރިކަމަށް ބޭނުންވާ ސާމާނު ގަތުން ނުވަތަ އިތުރު އެކި ބޭނުންތަކަށް ދޫކުރާ ފައިނޭންސިންއަށް ހުށަހެޅޭނެއެވެ.

މައުޟޫޢުތަށް