ތައިލެންޑުގައި އުފައްދާ 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވާން އަންގައިފި
ދަޕްރެސް
14 ޑިސެމްބަރު 2025 | އާދިއްތަ | 12:14
ތައިލެންޑުގައި އުފައްދާ 3 ބޭހަކުން ނުރައްކާތެރި ކެމިކަލެއް ފެނި، އެކަމާ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތައިލޭންޑްގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ (ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން)އިން ކުރި ތަހުލީލުތަކުން 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ އެންޑީއެމްއޭ ހުންނަންޖެހޭ މިންގަނޑަށްވުރެ އިތުރަށް ހުރިކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މި ބޭސްތަކުން ނުރައްކާތެރި ކެމިކަލް ފެނުނުކަން ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކްއިން އެމްއެފްޑީއޭއަށް އެންގުމާއި ގުޅިގެން ބެލިބެލުމުން ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން މި ބްރޭންޑުގެ ބޭސް ރާއްޖެއަށް އިމްޕޯޓްކޮށްފައި ނުވާކަން ފާހަގަވެފައިވާ ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.