އޭސީސީން ބެލި މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 1.6 ބިލިއަން ރުފިޔާއަށް!

ދަޕްރެސް

14 ޑިސެމްބަރު 2025 | އާދިއްތަ | 4:13

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދުނު ފަހުން މިހާތަނަށް އެ ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.6 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާ ކަމަށް ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ޝާމިލް މިހެން ވިދާޅުވީ، މި އަހަރުގެ ބައިނަލްއަގްވާމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސެޕްޓެމްބަރު 24، 2008 ގައި ގާނޫނު ނަންބަރު 2008/13 (އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނު) ތަސްދީގު ކުރެވި، މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި އިންތިގާލީ އެންޓިކޮރަޕްޝަން ކޮމިޝަން އުފެދުނީ އޮކްޓޯބަރު 16، 2008 ގައެވެ. ޝާމިލް ވިދާޅުވީ، 2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް އޭސީސީގެ ބަޖެޓުގެ ގޮތުގައި، ސަރުކާރުގެ ބަޖެޓުން ޖުމުލަ 564,111,207.76 ރުފިޔާ ހަމަޖައްސާފައިވާ ކަމަށެވެ. 17 އަހަރަށް ބަހާލުމުން އެއީ އަހަރަކަށް 33,183,012.22 ރުފިޔާ ކަމަށާއި މަހަކަށް ނަމަ އެއީ 2,765,251.02 ރުފިޔާ ކަމަށް ޝާމިލް ވިދާޅުވިއެވެ.

މައުޟޫޢުތަށް