މިއަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 36 ބިލިއަން ރުފިޔާ ލިބިއްޖެ

ދަޕްރެސް

14 ޑިސެމްބަރު 2025 | އާދިއްތަ | 4:43

މިއަހަރު ތެރޭ ދައުލަތަށް އާމްދަނީގެ ގޮތުގައި 35.8 ބިލިއަން ރުފިޔާ ލިބުނު އިރު، ހަރަދުގެ ގޮތުގައި 37.4 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މި މަހުގެ 4 ވަނަ ދުވަހާ ހަމަައަށް ވަނީ 35،770.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އާމްދަނީއަށް ބަލާއިރު ޓެކްސްގެ ގޮތުގައި ވަނީ 26،759.2 މިލިއަން ރުފިޔާ ލިިބިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 32،341.1 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާއި މިއަހަރު ލިބުނު އާމްދަނީ އަށް ބަލާއިރު، މި އަހަރު ވަނީ 9.6 ޕަސެންޓްގެ ކުރި އެރުމެއް ލިބިފައެވެ.

މައުޟޫޢުތަށް