ނޯތު ހާބަރުގެ އިރުމަތީ ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން އެމްޕީއެލް އިން އަންގައިފި

ދަޕްރެސް

14 ޑިސެމްބަރު 2025 | އާދިއްތަ | 6:17

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށް ކުރަމުްނދާ މަސައްކަތުގެ ތެރެއިން ލޯކަލް މާރުކޭޓް ސަރަހައްދި ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް ނޯތް ހާބަރުގެ އުުތުރު ފަރާތުގައި އަޅާފައިވާ އުލާނދުތައް ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފިއެވެ.

އެމްޕީއެލް އިން މިއަދު ކުރި އިއުލަނެއްގައި ބުނީ، "ޑިޒައިން އެންޑް ބިލްޑް ކޮންޓްރެކްޓް ފޯ ދަ ޑިވެލޮޕްމަންޓް ނޯތު ބޮޑުތަކުރުފާނު މަގު - ފޭސް 2 ޕްރޮޖެކްޓް" ގެ މަސައްކަތް، މި މަހުގެ 8 އިން ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން، މާލޭ ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސެގްމެންޓަކަށް ބަހާލައިގެން ކަމަށް އެމްޕީއެލް އިން ބުނެއެވެ. މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ނޯތުހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރު ހިމެނޭ ސަރަހައްދެވެ.

މައުޟޫޢުތަށް