ސިއްހީ ދާއިރާގެ ހިދުމަތްތައް ތަރައްގީކުރުމަށް ރާއްޖެއަށް 6.2 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި
ދަޕްރެސް
14 ޑިސެމްބަރު 2025 | އާދިއްތަ | 7:01
ސިއްހީ ދާއިރާގެ ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށްޓަކައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އިން ރާއްޖެއަށް 400،000 ޑޮލަރު (6.2 މިލިޔަން ރުފިޔާ) ގެ ހިލޭ އެހީއެއް ދީފިއެވެ.
މިމަހުގެ 13 އިން 14އަށް ކުރުނބާ ރިސޯޓްގައި ބޭއްވި މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް)ގައި ގައުމުތަކުން ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެކިގޮތްގޮތުން އެހީތެރުވެދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
އެގޮތުން މި ފޯރަމްގައި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ހަދިޔާކުރި 400،000 ޑޮލަރަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް ޕްރޮގްރާމުގެ ތެރެއިން ދީފައިވާ ހިލޭ އެހީއެކެވެ.