އަންނަ ބުދަ ދުވަހުގެ ރޭ ރައީސް މުއިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ

ދަޕްރެސް

14 ޑިސެމްބަރު 2025 | އާދިއްތަ | 8:10

އަންނަ ބުދަ ދުވަހުގެ ރޭރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ވިޔަފާރިވެރިންނާއި ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށެވެ. އަދި މިއީ ރައްޔިތުން ކަންބޮޑުވާ ކަންކަން ހިއްސާކޮށް، ބޭނުންވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ، މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގައެވެ.

މައުޟޫޢުތަށް