ވައިގެމަގުން އެތެރެކުރަން އުޅުނު 3 ކިލޯގެ ކެނަބިސް ފަތް އަތުލައިގެންފި
ދަޕްރެސް
15 ޑިސެމްބަރު 2025 | ހޯމަ | 12:45
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، މި ތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެގޮތުން ތިން ކިލޯ 50 ގްރާމްގެ ކެނަބިސް ފަތް އަތުލައިގެންފައިވާ އިރު އޭގެ މަގުމަތީ އަގަކީ 2.4 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުލޭ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމް އިން ކުރާ މަސައްކަތުގެ ތެރެއިން މި އަހަރު މެއި މަހުގެ ތެރޭގައި ވަނީ މެތަމްފެޓަމައިން އަށް ޕޮޒިޓިވް ވެފައިވާ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެ ތަކެތީގެ ބަރުދަނުގައި ޕެކިން އާއެކު ޖުމްލަ 3.6 ކިލޯގްރާމް ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.