ޔޫނިއަނުން ބުނަނީ، ބޭނުންތައް ފުއްދައި ދޭނަމޭ ބުނުމަކުން ނުފުދޭ ކަމަށާއި ޑެޑް ލައިންތަކެއް ބޭނުންވާ ކަމަށް!

ދަޕްރެސް

15 ޑިސެމްބަރު 2025 | ހޯމަ | 3:44

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކާއި އެ މަސްވެރިން ބޭނުންތައް ފުއްދައި ދިނުމަށް ކުރާ މަސައްކަތްތައް ހާސިލް ވާނެ ތާރީހުތަކެއް ބޭނުންވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.

މިއަދު ހެނދުނު 11 ޖެހި އިރު ބޮޑު ކަންނެލީގެ މަސްވެރިންނާ ފިޝަރީޒް މިނިސްތަރު ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުން ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ އިރު މި ވަގުތު ވަނީ ބްރޭކްއަކަށް ބައްދަލުވުން މެދުކަނޑާލާފައެވެ. ބޮޑުކަންނެލީގެ މަސްވެިރންގެ ކަންބޮޑުވުންތައް އަޑު އަހައި މަޝްވަރާ ކުރުމަށް މުލީ ދުވަސް ވެސް ހުސްކުރައްވައިގެން ހުންނެވި ކަމަށް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ތަފްސީލެއް ނުދެއްވި ކަމުގައި ވީ ނަމަވެސް އެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުހައްމަދު އާއި ބައެއް ބައިވެރިން ވަނީ "ރާއްޖެ ޓީވީ" އަށް މައުލޫމާތި ދީފައެވެ. އެ ގޮތުން އެ ބައްދަލުވުން ދިގުލައިގެން ދަނީ ބޮޑުކަންނެލީގެ މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ގިނަ ވުމުން ކަމަށާއި އަދި ވެސް ބައްދަލުވުން ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް