ސިނގިރޭޓު ވައްކަން: އާއްޓޭއާއި ދިގަލި ހިމެނޭހެން 10 މީހެއްގެ މައްޗަށް ދައުވާކޮށްފި
ދަޕްރެސް
15 ޑިސެމްބަރު 2025 | ހޯމަ | 9:56
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި ވިޔަފާރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން 10 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ލިބިފައިވާ ހެކި ގަރީނީއަށް ރިއާޔަތްކުރުމަށްފަހު 10 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަހުމަދު އާރިފް (އާއްޓޭ)، މުހައްމަދު ވަހީދު އަދި މުއާޒުގެ މައްޗަށް ކުރަނީ ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އަދި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ޒިވާރު އިސްމާއީލް، އަހްމަދު ޝަހީމް އަދި އަހްމަދު ފިރުސާންގެ މައްޗަށް ކުރަނީ ވައްކަންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.