ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމަނީ

ދަޕްރެސް

16 ޑިސެމްބަރު 2025 | އަންގާރަ | 12:42

ގަލޮޅު ސިޓީ ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ގަލޮޅު ސިޓީ ޕާކަކީ ގަލޮޅުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު ތަނެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

2 ދިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތް ކުރިއަށްގެންދަނީ ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.އެގޮތުން ރައްޔިތުންގެ ބައިވެރިވުމާއެކު މި ޕާކް ތަރައްގީ ކުރުމުން އެއީ އެ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ފެތޭނެ ތަނެއްކަން ކަށަވަރުވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް