ދޯންޏެއް އަޑިއަށް ގޮސް ކަނޑުވި މީހަކު ސަލާމަތްކޮށްފި

ދަޕްރެސް

16 ޑިސެމްބަރު 2025 | އަންގާރަ | 1:20

ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިއަށް ދިއުމުގެ ސަބަބުން ކަނޑުވި މީހަކު ސަލާމަތްކޮށްފިއެވެ.

ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށް ދާކަމުގެ މައުލޫމާތު ފުުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 11:50 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އެއީ 68 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މައުޟޫޢުތަށް