ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންޓާނަލް އޮޑިޓް އަދި ރިސްކު މެނޭޖްމަންޓް ހަރުދަނާ ކުރަން އަންގައިފި

ދަޕްރެސް

16 ޑިސެމްބަރު 2025 | އަންގާރަ | 1:47

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާ ކުރުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

ޕީސީބީ އިން މިގޮތަށް ނިންމާފައިވަނީ، ސަރުކާރުގެ ކުންފުނިތަކާ، ސަރުކާރު ބައިވެރިވާ ކުންފުނިތަކާ، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާކުރުމާ ގުޅޭގޮތުން ބޭއްވި އެ ބޯޑުގެ 30 ވަނަ ޖަލްސާގައެވެ.

ޕީސީބީގެ ބޯޑުން ނިންމާފައިވަނީ ކުންފުނީގައި ރިސްކް މެނޭޖްމަންޓް ފަންކްޝަން (ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ނުވަތަ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓްގެ ތެރޭގައި) އެކުލަވާލެވިފައިވާކަން ކަށަވަރުކުރުމަށެވެ. އަދި އެގޮތަށް އެކުލަވާލެވިފައިނުވާނަމަ ވީ އެންމެ އަވަހަކަށް ރިސްކް މެނޭޖްމަންޓް ފަންކްޝަން އެކުލަވާލުމަށް އެންގުމަށް ޕީސީބީން ވަނީ ނިންމާފައެވެ.

މައުޟޫޢުތަށް