ގަވައިދާ ހިލާފަށް ބިދޭސީން ހިންގަމުންދިޔަ 37 ވިޔަފާރިއެއް ބަންދުކޮށްފި
ދަޕްރެސް
16 ޑިސެމްބަރު 2025 | އަންގާރަ | 8:04
ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ތެރެއިން 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ތަފާސްހިސާބުގައި ބަޔާންކޮށްފައިވާގޮތުން 29 ނޮވެމްބަރުން 15 ޑިސެމްބަރު 2025 ގެ ނިޔަލަށް 252 ޝަކުވާއެއް އެ މިނިސްޓްރީއަށް ލިބިފައިވެއެވެ. އެގޮތުން 98 ވިޔަފާރިއެއް ބަލާ ފާސްކޮށްފައިވާކަމަށާއި، އަދި އޭގެތެރެއިން 37 ވިޔަފާރިއެއް ބަންދުކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުން ހާމަވާގޮތުގައި އިކޮނޮމިކް މިނިސްޓްރީގެ ގާނޫނާއި ހިލާފުވެގެން މި މުއްދަތުގައި 25 ވިޔަފާރިއެއް ބަންދުކޮށްފައިވާއިރު، އެހެނިހެން ގާނޫނުތަކާއި ހިލާފުވެގެން 12 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ. އަދި 8 ވިޔަފާރިއަކަށް ވަނީ އަލުން ހުޅުވުމުގެ ފުރުސަތު ދީފައެވެ.