ޓީޖީއެސްޓީ 14.1 ޕަސެންޓް އިތުރުވެ، އާމްދަނީއަށް ބޮޑު ކުރިއެރުމެއް!

ދަޕްރެސް

17 ޑިސެމްބަރު 2025 | ބުދަ | 1:13

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖީއެސްޓީ ރަނގަޅުވެ، ޖުމްލަ އާމްދަނީ ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ޑިސެމްބަރު 11 ވަނަ ދުވަހާ ހަމައަށް އެކުލަވާލާފައިވާ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްއިން ދައްކައިފިއެވެ.

ފިސްކަލް ރިޕޯޓްއިން ދައްކާގޮތުގައި ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި 36 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 10.5 ޕަސެންޓްގެ އިތުރުވުމެކެވެ.

ޓެކްސް އާމްދަނީގެ ތެރެއިން ފާއިތުވި ހަފްތާގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ފަތުރުވެރިކަމާ ގުޅުންހުރި ތަކެއްޗާއި ހިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީއިންނެވެ. ޓީޖީއެސްޓީއިން 9.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއީ 14.1 ޕަސެންޓްގެ އިތުރުވުމެކެވެ.

މައުޟޫޢުތަށް