ކައުންސިލް އިންތިހާބު: ޕީއެންސީން 97 ޕަސެންޓް ގޮނޑިއަށް ކުރިމަތިލާނެ ކަމަށް ފަލާހް ވިދާޅުވެއްޖެ
ދަޕްރެސް
17 ޑިސެމްބަރު 2025 | ބުދަ | 5:21
ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމަށް ގިނަ އަދަދެއްގެ މެންބަރުން ފޯމް ހުށަހަޅާފައިވާ ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ލޯކަލް ކައުންސިލް އިންތިހާބެއްގައި ވާދަކުރާ ފަހަރު ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕެއިން މެނޭޖަރު ފަލާހް ވިދާޅުވީ، މީގެ ކުރިން ލޯކްލަ ކައުންސިލް އިންތިހާބުތަކަށް ބަލާއިރު، ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބަލާއިރު އެއް ޕާޓީއަކުން 80 ޕަސެންޓް ދާއިރާއަށް ކުރިމަތިލިއަސް 90 ޕަސެންޓް ދާއިރާއަށް ވާދަ ނުކުރެވޭ ކަމަށެވެ. ނަމަވެސް ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގެ 97 ޕަސެންޓް ގޮނޑިއަށް ވާދަކުރާނެއް ކަމަށް ފަލާހް ވިދާޅުވިއެވެ.
މީގެ ކުރިން އެހެން ޕާޓީތަކުން ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައި މުއްދަތު އިތުރުކޮށް ފޯމް ހުށަހެޅުމަށް ގިނަ ދުވަސްތަކެއް ދީފައިވާ ކަން ފާހަގަކުރައްވަމުން ފަލާހް ވިދާޅުވީ، ޕީއެންސީން ދީފައި ވާނީ ދެ ހަފްތާ ކަމަށެވެ. 15 ދުވަހުގެ ތެރޭގައި މިހާ މެންބަރުން ވާދަކުރަން ނިންމީ މި ޕާޓީއާ މެދު އޮތް ޔަގީން ކަމާއި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކުރައްވާ އިތުބާރެއްގެ ބޮޑު ކަމުން ކަމަށް ފަލާހް ވިދާޅުވިއެވެ.