މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށް ދީފި

ދަޕްރެސް

17 ޑިސެމްބަރު 2025 | ބުދަ | 10:25

ރަށުފެންވަރުގައާ ގައުމީ ފެންވަރުގާ މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށް މިރޭ ދީފިއެވެ.

ޔޫތު ހަބްގައި މިރޭ ބޭއްވި ހަފްލާގައި އެވޯޑް ލިބުނު ޖަމިއްޔާތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދެވެ. މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް ލިބިފައިވަނީ

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސިވިލް ސޮސައިޓީ އެވޯޑު މިރޭ 7 ޖަމިއްޔާއަކަށް ލިބުނު ނަމަވެސް 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ނިންމާފައިވާކަމަށެވެ.

މައުޟޫޢުތަށް