ވައިގެމަގުން ގެންނަ މުދާ ޑެމަރޭޖް ނުވެ ބެހެއްޓޭ ވަގުތު 5 ދުވަހާއި 4 ގަޑިއިރަށް އިތުރުކޮށްފި

ދަޕްރެސް

18 ޑިސެމްބަރު 2025 | ބުރާސްފަތި | 9:52

ވައިގެ މަގުން ރާއްޖެއަށް ގެންނަ މުދާ ކްލިއާ ކުރެވެންދެން ޑެމަރޭޖް ނުވެ މުދާ ބެހެއްޓޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ދިގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރެއްވުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ، ކޫރިއާ ސާވިސް ދޭ ސީޕެކްސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ހުސައިން ހުށަހެޅުއްވި ޝަކުވާއަކާ ގުޅިގެންނެވެ.

ހުސައިން ވިދާޅުވީ، ވައިގެ މަގުން ގެންނަ ތަކެތި ކްލިއާކުރުން ލަސްވެ ވިޔަފާރިއަށް ގެއްލުންވާ ކަމަށެވެ. އެއާޕޯޓުގައި ހިލޭ މުދާ ބެހެއްޓެނީ 80 ގަޑިއިރަށް ކަމަށާއި އެ ވަގުތުގެ ތެރޭގައި މުދާ ނެރެވޭނެ އިންތިޒާމު ނެތް ކަމަށެވެ. އެކަން އެހެން އޮތް އިރު ކޫރިއާ ހިދުމަތްދޭ 12 ކުންފުނިން ކޮންމެ ދުވަހަކު ގެންނަ މުދާ އެ ވަގުތުގެ ތެރޭގައި ކްލިއާ ނުކުރެވުމުން ޑެމަރޭޖްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަން ހުސައިން ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް