އޮޕަރޭޝަން އަލިމަގު: ނަދީމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތް!

ދަޕްރެސް

18 ޑިސެމްބަރު 2025 | ބުރާސްފަތި | 11:27

އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ނަދީމް (މައިލޯ ނަދަމާ) ބަންދު ކުރަން ނެރުނު އަމުރުގެ މައްސަލައިގެ، އިސްތިއުނާފު ބަލައިނުގަންނަން ހައި ކޯޓުން ނިންމައިފިއެވެ.

މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު ހައްޔަރުކުރި ނަދީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގުގެ ބޭނުމަށް އޭނާ 30 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ބަންދުގެ އަމުރާއި ގުޅިގެން ނަދީމްގެ ފަރާތުން މި މައްސަލަ ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ހައި ކޯޓުން ވަނީ މި މައްސަލަ ބަލައި ނުގަތުމަށް ނިންމާފައެވެ.

މައުޟޫޢުތަށް