މިރޭ، ރައީސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ދަޕްރެސް

18 ޑިސެމްބަރު 2025 | ބުރާސްފަތި | 11:52

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވާ ބައްދަލުވުން މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް، މާލެ އެކި އަވަށްތަކުގެ ރައްޔިތުންނާ، ބައްދަލުކުރެއްވުމަށް ބައްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ބޭނުމަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ހިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުންކަމުގައި ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މިރޭ ހުޅުމާލޭ ފޭސް2 ގެ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން ކުރިއަށްދާނީ 20:30 ގައި ސަލާހުއްދީން ސްކޫލްގައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން މި ބައްދަލުވުމަށް ސަރުކާރުގެ ފަރާތުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތުދީފައެވެ.

މައުޟޫޢުތަށް