ވޭތުވެ ދިޔަ 2 އަހަރުތެރޭ 2.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެން: އިހުސާން
ދަޕްރެސް
18 ޑިސެމްބަރު 2025 | ބުރާސްފަތި | 12:44
މި ސަރުކާރު ވެރިކަމަށް އައިތާ ދެ އަހަރު ވެފައިވާ އިރު އެ މުއްދަތުގެ ތެރޭގައި 2.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ފާއިތުވި ދެ އަހަރު އެންމެ އިސްކަމެއްދީގެން ކުރި އެއް މަސައްކަތަކީ ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ހިފަަހައްޓާ އެކަން ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުން ކަމަށެވެ. އެގޮތުން ފާއިތުވި ދެ އަހަރު ތެރޭ 1.1 ޓަނުގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގަކީ 2.2 ބިލިއަން ރުފިޔާ ކަމަށް އިހުސާން ވިދާޅުވިއެވެ.
މިއީ ތާރީހުގައި ދެ އަހަރު ދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފެހެއްޓި ފުރަތަމަ ދެ އަހަރު ކަމަށް އިހުސާން ވިދާޅުވިއެވެ.