އަންނަ މަހުން ފެށިގެން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން، ނޮޓިފިކޭޝަނެއް ލިބޭނެ: ފަސީހު

ދަޕްރެސް

18 ޑިސެމްބަރު 2025 | ބުރާސްފަތި | 2:05

ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން، އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމަށް ނިންމާފައިވާކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހް ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަހުމަދު ފަސީހް ވިދާޅުވީ، އަންނަ މަހުން ފެށިގެން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މެސެޖާއެކު ޕާސްޕާޓު އައު ކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކުވެސް ފޮނުވޭނެކަަމަށެވެ.

ފަރުދީ ޒިންމާ ނުއުފުލުމުގެ ސަބަބުން ޕާސްޕޯޓުގެ ގިނަ މައްސަލަތަކެއް ދިމާވާކަން ފާހަގަކޮށް ފަސީހް ވަނީ ޕާސްޕޯޓު ދޫކުރަނީ ފަސް އަހަރަށް ކަމަށާއި ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން ނޮޓިފިކޭޝަން ލިބުމާއެކު ޕާސްޕޯޓު ހައްދަން އެދިފައެވެ.

މައުޟޫޢުތަށް