ސައްހަ ނޫން ޓީޓީތަކެއް ފޮނުވި ޝިފާއު 109 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

ދަޕްރެސް

18 ޑިސެމްބަރު 2025 | ބުރާސްފަތި | 5:04

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވާ، ބޭރު ކުންފުނިތަކަކުން ވިޔަފާރިކުރި މައްސަލައެއްގައި މއ. ހަނީސަކްލް-1، ހުސައިން ޝިފާއު، 109 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޝިފާއު ފުރަތަމަ ހައްޔަރުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. އޭނާގެ މައްޗަށް 23 ދައުވާއެއް އުފުލާފައިވާއިރު އެ ހުރިހާ ދައުވާއެއްވެސް ވަނީ ސާބިތުވެފައެވެ. އެއާއެކު އޭނާ 109 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު، 7 މިލިއަން ރުފިޔާއިން އޭނާ ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.

ޝިފާއުގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާ، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ އަދި މަނީ ލޯންޑްރިންގެ އިތުރުން ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގެ ކުށުގެ 7 ދައުވާ އުފުލާފައިވެއެވެ.

މައުޟޫޢުތަށް