ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 3ވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން 20 ޑިސެމްބަރުގައި

ދަޕްރެސް

18 ޑިސެމްބަރު 2025 | ބުރާސްފަތި | 9:44

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން 20 ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 3 ވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން 20 ޑިސެންބަރު ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ފެށުމަށް ހަމަޖެހިފައިވާކަމަށާއި، މި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލުގައި ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ވަންނަ ފަރާތްތަކުގެ ހާޒިރުގައި އެ މިނިސްޓްރީގެ މުވައްޒަފުންކަމަށާއި، ގުރުއަތުލުން ކުރިއަށްދާއިރު ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ހޯލަށް ވަދެވޭނެ ކަމަށެވެ.

މައުޟޫޢުތަށް