ވަކި ޝަރުތުތަކެއް ހަމަވާ ބިދޭސީންނަށް "ލީގަލައިޒް"ވުމުގެ ފުރުސަތު ދެނީ

ދަޕްރެސް

18 ޑިސެމްބަރު 2025 | ބުރާސްފަތި | 10:19

ވަކި ޝަރުތުތަކެއް ހަމަވާ ބިދޭސީންނަށް "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް"ގެ ދަށުން "ލީގަލައިޒް"ވުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 2 ވަނަ ދުވަހާ ހަމައަށް ހުޅުވާލާނެ ކަމަށް ހޯމް މިނިސްޓްރީއިން ބުނެފިއެވެ.

މާސް ލީގަލައިޒޭޝަން ޕްރޮގްރާމްއަކީ ދިވެހިރާއްޖެގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްއެކެވެ.

ހޯމް މިނިސްޓްރީއިން ބުނީ ޝަރުތުތަށް ހަމަވާ، ވަޒީފާ ދޭނެ ފަރާތެއް ހުރި ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒްކުރުމަށް ހުށަހަޅާނީ "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް ވަޒީދޭ ފަރާތުން ކަމަށެވެ. އަދި ލީގަލައިޒްކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒާ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް