ގެދޮރުވެރިޔާ ފްލެޓްގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓުން ލުޔެއް ދެނީ

ދަޕްރެސް

19 ޑިސެމްބަރު 2025 | ހުކުރު | 10:20

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިމާރާތްކޮށްފައިވާ 4000 ފްލެޓްގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލު ހޯލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވީ އެފްޑީސީގެ ފްލެޓްތައް ލިބުނު ފަރާތްތަކުން ފާހަގަކުރި ކުއްޔާއި އެޑްވާންސްޑް ޝަކުވާތަކާއި ގުޅިގެން އެކަންކަމަށް ލުއިގެނެސްދެއްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މެއިންޓަންސްއާއި ކުލި ހިމެނޭހެން 3 ކޮޓަރީގެ ފްލެޓަކުން މަހުން މަހަށް މިހާރު ދައްކަން އޮތް 10،500 ރުފިޔާ، 10،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްޑް ޕޭމަންޓްގެ ގޮތުގައި ދައްކަން އޮތް 25،000 ރުފިޔާ 8،000 ރުފިޔާއަށް ކުޑަކުރެވިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް