ޒުވާނުންގެ ކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމަށް ހާއްސަ ކޮންފަރެންސެއް ބާއްވަނީ
ދަޕްރެސް
19 ޑިސެމްބަރު 2025 | ހުކުރު | 8:14
ޒުވާނުންގެ ކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމަށް ހާއްސަ ކޮންފަރެންސެއް ބާއްވަން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ބުނީ ހުރިހާ ދާއިރާތަކުގެ ޒުވާނުންގެ ބައިވެރިވުމާއި އެކު ބާއްވާ މި ގައުމީ ޒުވާނުންގެ ކޮންފަރެންސް އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.
ޔޫތު މިނިސްޓްރީން ބުނީ "ނޭޝަނަލް ޔޫތު ކޮންފަރެންސް" ގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކޮންފަރެންސެއް އޮންނާނީ މިމަހުގެ 22 އަދި 23 ވަނަ ދުވަހު މާލޭގައި ހުންނަ ޔޫތު ހަބްގައި ކަމަށެވެ. މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވާނެކަން ފާހަގަކޮށް ޔޫތު މިނިސްޓްރީން ބުނީ މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ އެކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުން ކަމަށެވެ.