ބިންވެރިޔާ ސްކީމް: ހުޅުމާލެ ފޭސް 3 އިން ގޯތި ލިބުނު މީހުންގެ ގުރުއަތުލުން ފަށައިފި
ދަޕްރެސް
20 ޑިސެމްބަރު 2025 | ހޮނިހިރު | 11:33
ބިންވެރިޔާ ސްކީމްގެ ދަށޫން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ މީހުންގެ މެދުގައި އާ ޕްލޮޓް އެލޮކޭޓް ކުރުމަށް ގުރުއަތުލުން ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން އަށް ބަދަލު ގެނެސް، އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށްފައި ވާތީ، އެ ޕްލޭންއަށް ރިއާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ވަނީ ބަދަލު އައިސްފައި ކަމަށެވެ އެގޮތުން އާ ލޮޓް ނަންބަރު ކަނޑައަޅައި މި ބަދަލާއި ގުޅިގެން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި އާ ޕްލޮޓް އެލޮކޭޓް ކުރުމަށްޓަކައި ގުރުއަތުލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.