ހުޅުމާލެ 2 ފިޔަވަހީގައި ދިހަބުރިއަށް އިމާރާތްކުރެވޭ ގޮތް ހަދާ، ޕާކިންއަށް ޖާގަ ހަދަން މަޖުބޫރު ކުރަނީ

ދަޕްރެސް

22 ޑިސެމްބަރު 2025 | ހޯމަ | 10:35

ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން ގޯތީގައި އިމާރާތްކުރެވޭ އުސްމިން ދިހަބުރިއަށް ބަދަލުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅެމުން ގެންދާ ރައްޔިތުންނާއެކު، ރެހެންދި ސްކޫލު ހޯލުގައި ރޭ ބޭއްވި ބައްދަލުވުމުގައި، ރައީސް ވިދާޅުވީ ޕާކިން މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެހެންކަމުން ދިހަބުރިއަށް އިމާރާތް ނަގާކަމުގައި ވީ ނަމަވެސް، ތިރީފްލޯގައި ޕާކިން ގާއިމުކުރުމަކީ މަޖުބޫރުކަމެއް ކަމުގައި ހައްދަވާނެ ކަމަށެވެ.

އެގޮތުން އެގޭގައި ދިރިއުޅޭ ރައްޔިތުންގެ ޕާކިންއަށް އެންމެ ތިރީފްލޯ ހާއްސަކުރެވި، މީގެއިތުރުން އެއް ފްލޯ ނޮން-ރެޒިޑެންޝަލް ޔޫސްއަށް ބޭނުންކުރަން ޝަރުތުކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ކޮމާޝަލް ވިޔަސް، ދިރިއުޅުން ނޫން ކޮންމެވެސް ބޭނުމަކަށް، އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެ ފްލޯ ކަނޑައަޅަންޖެހޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ގޯތިތަކުގައި ދިހަބުރިއަށް އިމާރާތް ކުރެވޭގޮތަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލު ގެނެސް އެ ފުރުސަތު ދެ ފިޔަވަހީގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް