ފާއިތުވި ތިން ހަފްތާ ތެރޭގައި 83 މަސާޖް ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ދަޕްރެސް

22 ޑިސެމްބަރު 2025 | ހޯމަ | 11:25

ފާއިތުވި ތިން ހަފްތާ ތެރޭގައި 83 މަސާޖް ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް2 ގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ސެލޫންތަކުގެ ނަމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ދީނީ މިންގަނޑަށްވެސް ނުފެތޭގޮތަށް ހިންގަމުންދިޔަ މަސާޖުޕާލާތަށް ބަންދުކުރުމަށް ކުރެވުނު މަސައްކަތްތައް ހާމަކުރައްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ ޑިސެންބަރު 9 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 21، 2025 އާއި ދެމެދު އިކޮނޮމިކް މިނިސްޓްރީ، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން އުފެއްދި ޓާސްކްފޯހުން އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 83 މަސާޖް ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ. އަދި ބިދޭސީން ގަވައިދާ ހިލާފަށް ހިންގަމުންދިޔަ 56 ވިޔަފާރިއެއް، މިދިޔަ ތިން ހަފުތާތެރޭގައި އެކަނިވެސް ބަންދުކުރެވިފައި ވާކަން ރައީސް ފާހަގކުރެއްވިއެވެ.

މައުޟޫޢުތަށް